Friday, June 12, 2009

10

ޤައުމީ ތަރައްޤީ - އެންމެންގެ ޒިންމާއެއް

ދިވެހިރާއްޖެއަކީ ޒަމާނީ ޑިމޮކްރެސީއެއް ތަޢާރަފްކުރެވި އޭގެ ފޮނިމީރުކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ޤައުމެކެވެ. މިގޮތުން އަލަށް އެކުލަވާލައި ޢަމަލުކުރަން ފަށާފައިވާ ޤާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތަކާމެދު ހިތްހަމަޖެހުން ފާޅުކުރެވިގެންދާއިރު، މުޖްތަމަޢު އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ޒިންމާތަކުގެ މަތިން ހަދާންނައްތާލައިގެން ނުވާނެއެވެ. މިދެންނެވި ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަކީ ރާއްޖޭގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ސިފައެކެވެ. އެހެންނަމަވެސް، ރަނގަޅު އިޤްތިޞާދީ ވިސްނުމާއި ފިކުރަށްވުރެ ތަފާތު ސިޔާސީ ބަހަނާތައް ކުރިއެރުވުމަށް މަސައްކަތްކުރެވޭތަން ފެންނަމުންދާކަމީ ހިތާމަވެރިކަމެކެވެ. އެހެންކަމުން މިފަދަ ފައިދާއެއްނެތް ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި، ހެޔޮބަދަލަކަށް އެދި އަޅުގަނޑުމެން މަސައްކަތްކުރަންވީ، ބިނާކުރަނިވި ރަނގަޅު އިޤްތިޞާދީ ވިސްނުމަށާއި ފިކުރަށް ފުރަސަތު ފަހިކޮށްދޭފަދަ ސިޔާސަތުތައް ކުރިއެރުވުމަށެވެ. އެއީ އަޅުނޑުމެން އެންމެންގެ ޒިންމާއަކަށް ހަދަމާހެއްޔެވެ؟



ޤައުމީ ތަރައްޤީ މިނެކިރުމަށް ބޭނުންކުރާ ތަފާތު މިންގަނޑުތަކުން ބަލާއިރު އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އޮތް އެންމެ ކާމިޔާބު އެއްޤައުމެވެ. މިކާމިޔާބީއާއި ކުރިއެރުމުގެ ފުރިހަމަ ބޭނުންކޮށް ރާއްޖެއަކީ ފާގަތި، އުފާވެރި، އަމާން، ދިރިއުޅުމެއް ފަހިވެފައިވާ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، އަންނާންއޮތް ޖީލުތަކަށް މިގޮތުގައި މިޤައުމު ފޯރުކޮށްދިނުމަށްޓަކައި އެކުވެރިވެ އެއްބައެއްވަންތަކަމާއެކު އެއްއަމާޒަކަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވާންޖެހެއެވެ. ޤައުމީ ތަރައްޤީއަށްޓަކައި ބޭނުންވަނީ އެއްބައިވަންތަ އެކުވެރި ބައެއް ދިރިއުޅޭ ދިވެހިރާއްޖެއެކެވެ. މިވިސްނުމުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ވިސްނާށޭ، ދިވެހި ޤައުމަށްޓަކައި! ހެޔޮ ބަދަލުގެނެވޭނީ އެންމެން އެއްބާރުލައި އެކުވެރިވެގެންނެވެ.

1 comment:

  1. ޤައުމީ މަސްލަޙަތް ކުރިއަށް ނެރުމުގެ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އެކަމޫ އުޅެވޭނީ އުނދަގުލުންނެވެ. ކާމިޔާބު ވާނީ މަދުންނެވެ. ފައިދާ ވަނީ ތިމާއަށް އެކަންޏެއް ނޫނެވެ. އެންމެންނަށެވެ. އެހެންކަމުން އަވަހަށް، އަމިއްލަ އަށް ފައިދާ އަށް ވާ ކަންކަމާ އުޅެން ފަސޭހަ ވެފައި 'ފައިދާ ބޮޑީއެވެ.
    އަދި ފޮޓޯއާއި ގުޅިގެން ބުނަމެވެ. އެކަނި އުޅުމުގެ ހިތްވަރު ލިބޭނީ މަދުބަޔަކަށެވެ.

    ReplyDelete

Blog's view optimised for 1152 x 864 pixels